KUMUNDHOONEXT

އެހެނިހެން ލިޔުން

ކުރިއަށް އޮތް ވިއްސާރަ ދުވަސްވަރު ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތައް

May 8, 2026

މި ދުވަސްވަރަކީ ކުމުންދޫއަށް މޫސުން ގޯސް، ވިއްސާރަ ދުވަސްވަރަކަށް ވެފައި، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވާރޭވެހި ވައިގަދަވާނެކަމަށް ލަފާކުރެވޭތީ، އާންމު ދިރިއުޅުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެއް ހިއްސާކޮށްލަމެވެ. މިފަދަ ދުވަސްވަރެއްގައި ކުދިކުދި ކަންކަމަށް ސަމާލުވުމަކީ ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ގޭތެރޭގެ ސަލާމަތާއި މުދާ ރައްކާތެރިކުރުން ވިއްސާރަވެ ވައިގަދަވުމުގެ ސަބަބުން ގޭގެ ފުރާޅަށް ނުވަތަ ގޯތިތެރޭގައި ހުންނަ މުދަލަށް ގެއްލުންވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން:

– ގޯތިތެރޭގައި ހުންނަ ވައިގަދަވުމުގެ ސަބަބުން އެކި ފަރާތްފަރާތަށް ބުރައިގެން ގޮސްދާނެ ތަކެތި ރައްކާތެރި ތަނަކަށް ބަދަލުކުރާށެވެ.
– ވައިގަދަވެ ވިދުވަރުގަދަވާ ވަގުތުތަކުގައި ކަރަންޓުން ބޭނުންކުރާ އަގުބޮޑު ސާމާނުތައް ނިއްވާލާފައި ބެހެއްޓުމަށް ސަމާލުކަން ދޭށެވެ.
– ފުރާޅުން ނުވަތަ ކުޑަދޮރުތަކުން ފެން ވަދޭތޯ ބަލައި، އެފަދަ ތަންތަނުގައި ހުރި މުދާ ފެނުގެ އަސަރު ނުފޯރާނެ ފަދަ ތަނަކަށް ބަދަލުކުރާށެވެ. ހާއްސަކޮން ކަރަޓު ސާމާނު އެފަދަ ތަންތާގައި ނުބަހައްޓާށެވެ.
– މޫސުން ގޯސްވުމުގެ ސަބަބުން ކަނޑާއި އެއްގަމު ދަތުރުފަތުރުގައި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. އެހެންކަމުން ކަނޑުދަތުރުކޮށް ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ މި ދުވަސްވަރު ނުކުރުމަށާއި، ދަތުރުކުރާނަމަ މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން ވާރޭވެހި މަގުތައް ކަހާ ގޮތްވާތީ، ބައިސްކަލާއި ސައިކަލު ދުއްވުމުގައި މަޑުމަޑުން ދުއްވުމަށް އިސްކަންދޭށެވެ.
– ވިއްސާރަ ދުވަސްވަރަކީ އާންމު ރޯގާތަކާއި މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް އިތުރުވާ ދުވަސްވަރެކެވެ. އެހެންކަމުން ގޯތިތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ހުސް ދަޅާއި، ފުޅި އަދި އުނބު ފަދަ ތަކެތި ނައްތާލާށެވެ. މީގެ ސަބަބުން މަދިރި އާލާ ވުމަށް އޮތް ފުރުސަތު ހަނިވެގެންދާނެއެވެ.
– އަދި ކެއިންބުއިމުގައި ސާފުތާހިރުކަމަށް އިސްކަންދީ، ބޯފެން ރަނގަޅަށް ކައްކައިގެން ބޭނުންކުރުން ބުއްދިވެރިއެވެ.

މި ދުވަސްވަރު އެންމެހައި ރައްޔިތުންވެސް މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ އަޅުގަނޑުމެންގެ އިލްތިމާސެކެވެ. ކުއްލި ޙާލަތެއް ދިމާވެއްޖެނަމަ ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަން ހޯއްދަވާށެވެ. ކުމުންދޫގެ އެންމެހައި ރައްޔިތުންނަށް އަމާން އަދި ރައްކާތެރި ދުވަސްތަކަކަށް އެދެމެވެ!