KUMUNDHOONEXT

ހަބަރު

ކުމުންދޫގެ ތަރައްޤީގެ އައު ބާބު: 5 ވަނަ ދައުރުގެ ކައުންސިލް މެންބަރުންނަށް ހޫނު މަރުޙަބާއެއް!

May 8, 2026

ހދ. ކުމުންދޫ ކައުންސިލްގެ 5 ވަނަ ދައުރަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކޮށް، އެ ބޭފުޅުންނަށް މަރުޙަބާ ދެންނެވުމުގެ ބައްދަލުވުމެއް ކައުންސިލް އިދާރާގައި ބާއްވައިފިއެވެ.

7 މެއި 2026 ވީ ބުރާސްފަތި ދުވަހު ބޭއްވުނު މި ބައްދަލުވުމަކީ، އަލަށް އިންތިޚާބުވި މެންބަރުން މަސައްކަތާ ހަވާލުވުމުގެ ކުރިން، އިދާރީ މުވައްޒަފުންނާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ކައުންސިލް އިދާރާގެ މުވައްޒަފުން ވަނީ އިންތިޚާބީ މެންބަރުންނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މިއީ ރަށުގެ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްޔިތުން އެދޭފަދަ ތަރައްޤީއެއް ހޯދައިދިނުމަށް ފެށުނު ތަރައްގީގެ މުޅިން އައު ބާބެކެވެ. ކައުންސިލްގެ އައު ދައުރާއެކު، ރަށުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ރައްޔިތުން އުއްމީދު ކުރެއެވެ.

ކުރިއަށް އޮތް ދައުރުގައި ރަށުގެ ތަރައްޤީގެ ކަންކަން ކުރިއަށް ގެންދިއުމުގައާއި، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ދައުރު ބޮޑެވެ. މި ފެށޭ އައު ދައުރާއެކު ރަށުގެ ހިންގުމަށް ބޭނުންވާ ބަދަލުތައް އަންނާނެ ކަމަށް ބެލެވެއެވެ.