KUMUNDHOONEXT

ހަބަރު

ކުމުންދޫ ކައުންސިލްގެ ރައީސް އަލީ ގާސިމް މިއަދުގެ އީދު ހުތުބާ ދެއްވައިފި

May 27, 2026

މިއަދުގެ ބަރަކާތްތެރި އަލްހާ އީދު ނަމާދުގެ ބޮޑު ޖަމާއަތުން ފެނިގެންދިޔައީ ކުމުންދޫގެ ރައްޔިތުންނަށް ވަރަށް ތަފާތު އަދި އެހާމެ އުފާވެރި މަންޒަރެކެވެ. ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މި ނަމާދުގެ އިމާމުވެ ހުތުބާ ދެއްވީ ކުމުންދޫ ކައުންސިލްގެ ރައީސް އަލީ ގާސިމްއެވެ.

މިއީ ފަހުގެ ތާރީޚެއްގައި ކުމުންދޫގެ ކައުންސިލް ރައީސަކު މިފަދަ ދީނީ ބޮޑު މުނާސަބަތެއްގެ ހުތުބާ ދެއްވި ފުރަތަމަ ފަހަރެވެ. ރަށުގެ އިދާރީ އެންމެ މަތީ ވެރިޔާ، މިސްކިތުގެ މެންބަރު މަތިން ރައްޔިތުންނާ މުހާތަބު ކުރެއްވުމަކީ ރަށުގެ އިސްވެރިންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެއްބައިވަންތަކަން ރަމްޒުކޮށްދިން ކަމެކެވެ.

މި ހަރަކާތަކީ ފަހަކަށް އައިސް ރަށުން ފެނިފައިނުވާ ފަދަ ނަމޫނާ ކަމެއްގެ ގޮތުގައި ގިނަ ރައްޔިތުން ދަނީ ފާހަގަކުރަމުންނެވެ. ކައުންސިލްގެ ރައީސް އިސްވެ ހުންނަވައި މި މުހިންމު ދީނީ ޒިންމާ އަދާކުރެއްވުމުން، ރަށުގެ ހިންގުމުގެ ދާއިރާއާއި ދީނީ ކަންކަމުގައިވެސް ޒުވާން ލީޑަޝިޕެއްގެ ދައުރު އޮތްކަން ވަނީ ހާމަވެގެން ގޮސްފައެވެ. މި މަންޒަރާއެކު މިއަދުގެ އީދު ނަމާދުގެ ޖަމާއަތަށް ވަނީ އިތުރު ފުރިހަމަކަމެއް ލިބިގެން ގޮސްފައެވެ.